މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

މަސްވެރިން ބާނާ މަސް ގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ހުޅުވާލައިފި

ޝަހީދާ އަބްދުﷲ ސައީދު

ކަޅުބިލަ މަހުގެ ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަތުމުގެ ފުރުސަތު ކުދި އަދި މެދުފަންތީ (އެސްއެމްއީ)ގެ ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މި ނިންމުމާއެކު އިކޮނޮމިކް މިނިސްޓްރީގައި އެސްއެމްއީ އެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ''ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މަސް ގަތުމުގެ ލައިސަންސް'' އަލުން ދޫކުރުމުގެ މަސައްކަތް އިޔާދަކޮށްފައިވާ ކަމަށެވެ.

އަދި މި ލައިސެންސް ދޫކުރާނީ ލޯކަލައިޒް ކޮށްފައިވާ ކަލެކްޓަރު ބޯޓު ފަހަރަށާއި ޝޯބޭސްޑް ފެސިލިޓީތަކަށް މަސް ގަތުމަށް ނުވަތަ މަސް ގަންނަ ކުންފުނިތަކުން، މަސް ގަނެގެން އުޅަނދުފަހަރުގައި އެކްސްޕޯޓުކުރުމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މި ލައިސަންސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.

އެހެންކަމުން ރާއްޖޭގައި ދޮށީގެ މަސްވެރިކަމުގައި ބާނާ މަސް ގަނެ، އެކްސްޕޯޓްކުރުމަށް ޝައުގުވެރިކަން ހުރި އެސްއެމްއީގެ ވިޔަފާރިތަކަށް އެކަމަށް އެދި ހުށަހަޅައި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބް ސައިޓުން ލިބޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.