ޚަބަރު

އައްޑޫ ސިޓީގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި ދެމީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ބާރު ސުޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި، ދެމީހަކަށް އަނިޔާވެއްޖެެއެވެ.

ފުލުހުން ބުނީ މިއަދު 11:56 އެހާކަށްހާއިރު، އައްޑޫ ސިޓީ ލިންކު ރޯޑުގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިއެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރު ކޮންޓްރޯލު ނުވެގެން ގޮސް ގަހެއްގައި ޖެހި ކާރު ފުރޮޅައިލުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓްވި ކާރުގައި ތިން މީހަކު ތިއްބެވެ. ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު އިރު، ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ލިބިފައި ނުވާކަމަށް ވެއެވެ.