ޚަބަރު

އިންޑިއާގެ ލަވްލީ ޔުނިވާސިޓިގެ ކޯހަކުން ދިވެހި ފުލުހަކު އެއްވަނަ ހޯދައިފި

އާނިފާ ހުސެއިން ސިރާޖް

އިންޑިއާގެ ޕަންޖާބުގެ ލަވްލީ ޔުނިވާސިޓީން ހިންގި ބެޗްލަރ އޮފް އާރޓްސް އިން ޖަރނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަން ކޯހުން އެއްވަނަ ދިވެހި ފުލުހުންގެ، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ހުސެއިން ފިރާޒް ހޯފައިފިއެވެ.

2016 އިން 2019 އަށް، އިންޑިއާގެ ޕަންޖާބުގައި ކުރިއަށް ގެންދިޔަ މިކޯހުގައި އެކި ގައުމުތަކުން 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއިރު ހުސެއިން ފިރާޒް ވަނީ މި ކޯހުން އެކަޑަމިކް ޓޮޕާރސް އެވޯޑު ހޯދާފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މިއީ މުޅި ކޯހުގެ އެއްވަނަ އެވެ.

އިއްޔެ ބޭއްވި އެ ޔުނިވާރސިޓީގެ 10 ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސުރީނާމްގެ ނާއިބު ރައީސް މައިކަލް އަޝްވިން ސަތިޔަންދަރެ އަދިން އެވެ.

މިރަސްމިއްޔާތުގައި 12000 އަށް ވުރެ ގިނަ ދަރިވަރުން ސެޓްފިކެޓް ހާސިލް ކޮށްފައިވެއެވެ. އެ ޔުނިވަސިޓީގައި އެކި ގައުމުތަކުން 30،000 އަށްވުރެ ގިނަ ދަރިވަރުން މިހާރު ވެސް ދަނީ ތައުލީމް ހާސިލް ކުރަމުންނެވެ.