ހުޅުމާލޭ ފޭސް ދޭއްގައި ހުރި އިމާރާތަކުން ވެއްޓި ބިދޭސީއަކު މަރުވެއްޖެއެވެ.
ހުޅުމާލެ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 37 އަހަރުގެ ދިބޭސީ މީހާ، ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށެވެ.
މީޑިއާ އޮފިޝަލު ވިދާޅުވީ އެހާދިސާގައި އޭނާއަށް ގިނަ ޒަހަމްތަކެއް ވެ، ނޭފަތުން ލޭ އައިސްފައިވާ ކަމަށެވެ. މަރުވެފައިވަނީ ބަންގްލަދޭޝް މީހެކެވެ.
ފުލުހުން ބުނީ ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތެއްގެ 10 ވަނަ ފަންގިފިލައިން ބިދޭސީއަކު ވެއްޓުނު ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު 11:50 ހާއިރު ކަމަށެވެ. އެމައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެނގިފައިވާ ގޮތުގައިި އޭނާ ވެއްޓިފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މިހާރު ހަދަމުން އަންނަ އިމާރާތަކުންނެވެ.