ވޯލްޑް ހެލްތް އޯގަނައިޒޭޝަން

ނާސްތާ ޕްރޮގްރާމްގެ ފެންވަރު ރަނގަޅުކުރުމަށް ޑަބްލިއުއެޗްއޯއާ އެކު މަޝްވަރާކުރައްވައިފި

އާނިފާ ހުސެއިން ސިރާޖް

1

ދަރިވަރުންގެ ނާސްތާ ޕްރޮގްރާމްގެ ފެންވަރު ރަނގަޅުކުރުމާ ބެހޭގޮތުން ޑަބްލިއުއެޗްއޯއާ އެކު މަޝްވަރާކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅުއްވާއި ހުންނަވާ ރިޕްރެޒެންޓޭޓިވް ޑރ. އަރަވިންދް މާތޫރު އާ މިއަދު ބައްދަލުކުރައްވައި، ދަރިވަރުންނަށް ނާސްތާ ދިނުމުގެ ޕްރޮގުރާމުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުން ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައި ކަމަށެވެ.

މީގެ ދުވަސްކޮޅެއް ކުރީން ވަނީ ކުދީންގެ ނާސްތާއިން ފުޅަ ފެނުނު ކަމަށް ބުނެ ހަބަރުތަކެއް ފެތުރިފަ އެވެ. އެހެން ނަމަވެސް ކަން އެޑިޔުކޭޝަނުން ބަލައި ފަހުން ބުނެފައި ވަނީ އެއީ ދޮގު މައުލޫމާތެއް ކަމަށާއި ސްކޫލު ކުދީންނަށް ތައްޔާރު ކުރި ނާސްތާއިން އެފަދަ އެއްވެސް އެއްޗެއް ފެނިފައި ނުވާކަމަށް ބުނެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟