ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު އަބުދުލް ޣަފޫރު ޓަގްބޯޓެއްގައި ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލައިގައި، އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ޝަރީއަތް މިއަދު ފަށަން ނިންމައިފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައިގެ އަޑުއެހުމެއް މިއދު 11:30 ގައި ބާއްވަން ކްރިމިނަލް ކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން އިންޑިޔާއަށް ވަޑައިގެންނެވި މައްސަލާގައި އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓުން މިއަދު ތާވަލްކޮށްފި އެވެ.
ފިލަން އުޅެނިކޮށް އަދީބު އަތުލައިގެންފައި ވަނީ "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިޔާގެ ޓުޓިކޮރިންއަށް އެތެރެވާން އުޅެނިކޮށް މިދިޔަ މަހުގެ އެއްވަނަ ދުވަހު އެވެ.
އަދީބު އިންޑިއާއަށް ގޮސްފައި ވަނީ އޭނާގެ މައްޗަށް މީގެ ކުރިން ކުރި ޖަލު ހުކުމްތައް ކޯޓުތަކުން ބާތިލްކޮށް އޭނާ މިނިވަންވެފައި ވަނިކޮށެވެ.
އަދީބުގެ މައްޗަށް ދައުވާކޮށްފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، "ވާގޯ 9" ނަމަކަށް ކިޔާ ޓަގު ބޯޓެއްގެ ފަޅުވެރިއަކަށް ހެދިގެން އިންޑިޔާގެ ޓުޓިކޮރިންއަށް އެތެރެވާން އުޅުނު މައްސަލައިގަ، ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
ޓަގު ބޯޓުގައި އަދީބު ފިލައިގެން އިންޑީއާއަށް ދިޔައީ އޯގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.
ޓަގް ބޯޓެއްގެ ފަޅުވެރިއަކަށް ވެގެން ރާއްޖެއިން ފިލައިގެން އިންޑިއާއަށް އެތެރެވާން އުޅުމުން، އިންޑިއާގެ ސަލާމަތީ ބާރުތަކުން، ހަމަ އެދުވަހު ކަނޑުމަތިން ޓަގު ބޯޓު ހިފަހެއްޓިއެވެ. އަދި އިންޑިއާގެ ސަލާމަތީ ބާރުތަކާއި ރާއްޖޭގެ ސަލާމަތީ ބާރުތައް ގުޅިގެން، އަދީބު ރާއްޖެ ގެނެސްފައިވަނީ އޯގަސްޓް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އަދީބު ފިލުމާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް އެއާ ހިލާފުވެ ރާއްޖެއިން ފިލައިގެން ގޮސްފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.
އަދި އެފަދަ ކަމެއް އޭނާގެ ފަރާތުން ދެން ވެސް ފެނިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދައުލަތުން ބުނާއިރު މައްސަލައިގެ ބާވަތަށް ބަލައި، އެ މައްސަލާގައި ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން ރިމާންޑް ޖަލެއްގައި އަދީބު ބަހައްޓަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވެއެވެ.
އެކަމާ ގުޅިގެން އަދީބު ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ފަހުން ޓެގު އަޅުވައި އޭނާ ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ.