މަގުމަތީގެ އެކްސިޑެންޓް

އައްޑޫގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި އެކަކު އައިސީޔޫގައި

އައްޑޫ ސިޓީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި، އެއް ސައިކަލު ދުއްވަން އިން އެކަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، ސ. މަރަދޫ ފޭދޫގައި ހިނގި އެ އެކްސިޑެންޓްގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 5:55 ހާއިރު ކަމަށެވެ.

އަދި އެކްސިޑެންޓުވި އެއް ސައިކަލު ދުއްވަން އިން މީހާއަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު، އޭނާގެ އަދި އޭނާއަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ބުނީ، އެކްސިޑެންޓުގައި އަނެއް ސައިކަލުގައި ތިބި މީހުން އެކްސިޑެންޓް ވުމާއެކު އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ދަނީ މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.