ވެމްކޯ

ވެމްކޯގެ އުފުއްޔަކަށް ދިޔަވާތީ ކޯސްޓްގާޑުން އެހީތެރިވެއްޖެ

ވެމްކޯގެ އުފުއްޔަކަށް ދިޔަވަމުންދާތީ އެމްއެންޑީއެފް ކޯސްޓް ގާޑުން އެ އުފުންޔަށް އެހީތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ހުޅުމާލޭ ވޭސްޓް ކަލެކްޝަން ޖެޓީ ސައިޓުގައި އޮއްވައި ''ވެމްކޯ އުފުލި" އަށް ދިޔަވާ ކަމުގެ ރިޕޯޓް ލިބުނީ މިރޭ 6:46 ހާއިރު ކަމަށެވެ.

އަދި ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާން ފެށި ކަމަށާއި އެގޮތުން ކޯސްޓް ގާޑުގެ ޑައިވަރުން އުފުލީގައި ދިޔަގަނޑު ކޮންޓްރޯލު ކުރުމަށް ޕަމްޕު ބޭނުން ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.