މަހަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ޒުވާނަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ، މިއަދު މެންދުރު 2:44 ގައި ލިބުނު ރިޕޯޓަކާ ގުޅިގެން އެހީތެރިވެ ދީފައިވަނީ، ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 63 ނޯޓިކަލްމޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު "އަރާތަރި" ނަމަކަށް ދޯންޏެއްގައި ހުރި އުމުރުން 30 އަހަރުގެ މީހަކަށް ކަމަށެވެ.
އެމްއެންޑީއެފްގެ އެހީތެރިކަމަށް އެ ދޯނިން އެދުނީ ކުއްލިއަކަށް އޭނާގެ ގައިން ވާގި ދޫވެ، ހާލު ދެރަވެގެން، ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މިހާރު ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓާ ކްރާފްޓް، ފާމުދޭރި ލޯންޗަށް ބަލި މީހާ ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.