ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނ. މަނަދޫއަށް އިއްޔެ ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، އެމަނިކުފާނުގެ މިދަތުރުފުޅަކީ 'މިލަދެކުނު އަދަބީ އީދު 2019' ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ އިސްފަރާތްތަކުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މަނަދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.