ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނ. މަނަދޫއަށް މަނަދޫއަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، އެމަނިކުފާނުގެ މިދަތުރުފުޅަކީ 'މިލަދެކުނު އަދަބީ ޢީދު 2019' ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
މައުލޫމާތު ލިބުފައިވާގޮތުގައި 'މިލަދެކުނު އަދަބީ ޢީދު 2019' ނިންމުމުގެ ޖަލްސާ، މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ އިސްފަރާތްތަކުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މަނަދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.