ބިއުޓީ

ދީޕިކާގެ ބައެއް ބިއުޓީ ޓިޕްސް

ބޮލީވުޑް ސްޓާ ދީޕިކާ އަކީ އޭނާގެ ސްޓައިލިޝް ކަމުން ގިނަ ބަޔެއްގެ ލޯބި ހޯދާފައިވާ ތަރިއެވެ. ފިލްމް އިންޑަސްޓްރީއަށް ދީޕިކާ ވަން ފަހުން އެތައް އަހަރެއް ވެފައި ވާއިރު އޭނާގެ ރީތިކަމަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ.

ވިންގް ލައިނަރުން ފެށިގެން ކްލެސިކް ބަންސް އަށް ދީޕިކާގެ ވަރަށް ގިނަ ބިއުޓީ ސީކްރެކްޓްސް ތަކަކީ ގިނަ ބަޔަކު ފޮލާ ކުރާ ކަންކަމެވެ.

އެހެން ކަމުން މި އާޓިކަލްގައި ދީޕިކާގެ ބައެއް ބިއުޓީ ޓިޕްސް ހިއްސާކޮށްލާނަމެވެ.

ބްލެކް ލައިނާ

ފިލްމުތަކުން ވިއަސް ނުވަތަ ރެޑް ކާޕެޓް އިވެންޓަކުން ވިއަސް ދީޕިކާ ލޮލުގައި އައިލައިނާ ނާޅައި ހުންނަ ތަނެއް ހާލަކުން ފަހަރަކު ނޫނީ ނުފެނެއެވެ. އެއީ ތިކް ވިންގް އައި އިން ފެށިގެން ކްލެސިކް ކެޓް އައި މޭކަޕް އަކަށް ވިއަސް ދީޕިކާގެ ލޮލުގައި އަޅާފައި ހުންނަ ލައިނާ އަކީ އަބަދުވެސް އޮން ޕޮއިންޓަށް ފެންނަން ހުންނަ އެއްޗެކެވެ.

ބުމަ

ދީޕިކާ އަކީ ބުމަ ހެދުމުގައި އެއިރެއްގެ ޓްރެންޑް އަބަދުވެސް ފޮލޯކުރާ ތަރިއެކެވެ. އެގޮތުން އާޗީ ބްރޯސް އިން ފެށިގެން ތިކް ބްރޯސް އާ ހަމަ އަށް އެއިރެއްގެ އެންމެ މަޝްހޫރު އަދި މަގުބޫލު ގޮތަކަށް އަބަދުވެސް އޭނާގެ ބުމަ ބައްޓަން ކޮށްލައެވެ.

ވެޓް އެންޑް ސްލީކް އިސްތަށިގަނޑު

ހޮލީވުޑުން މަޝްހޫރުވި ތެތްވެފައި ހުންނަ އިސްތަށިގަނޑު ޓްރެންޑް ދީޕިކާ ވަނީ ވަރަށް ރަނގަަޅަށް ދަސްކޮށްފައެވެ. ޕޮނީ ޓެއިލް ގޮތުގައި ބޯ އައްސާލައިފައި ހުރުން ނުވަތަ އިސްތަށިގަނޑު ރޫޅާލާފައި ބޭއްވުން ވިއަސް، ދީޕިކާ ވަރަށް ގިނައިން ތެތް އިސްތަށިގަނޑުގެ ލުކްގައި ފެނެއެވެ.

ބޯލްޑް ލިޕް ކަލާސް

ގަދަ ކުލައިގެ ލިޕްސްޓިކް ކުލަ ތަަކަކީ ގިނަ މީހުނާ ނުގުޅޭ ކުލަތެއް ނަމަވެސް ދީޕިކާ އާ މި ކުލަތައް ވަރަށް ގުޅެއެވެ. މަރްސާލާ ކުލަތަކުން ފެށިގެން ގަދަ ރަތް ކުލަޔާ ހަމައަށް ދީޕިކާ މި ހުރިހާ ކުލަތަކެއް ވެސް ބޭނުން ކުރެއެވެ.

ހެޔާ ބަން

ދީޕިކާގެ އެންމެ ފޭވަރިޓް ހެޔާ ސްޓައިލް އަކީ ސްލީކް ބަން ނުވަތަ ބޮލުގައި ހުޅިޖެހުމެވެ. މީގެ އިތުރުން ޓޮޕް ނޮޓްސް، ކްލެސިކް ބަން އަދި ބްރެއިޑެޑް ބަން އަކީވެސް ދީޕިކާ ބޭނުން ކުރާ ހެޔާ ސްޓައިލް ތަކެވެ.

ދިގު އިސްތަށިގަނޑު

ދީޕިކާ އަކީ ދިގު އިސްތަށިގަނޑުދެކެ ވަރަށް ލޯބިވާ ތަރިއެކެވެ. އެހެން ކަމުން އޭނާ ބޯ ކުރުކޮށް ކޮށާލާފައި ހުއްޓާ ވަރަށް ނުފެންނާނެއެވެ. އިސްތަށިގަނޑު ސްޓައިލް ކުރުމަށް އެކި ކަހަލަ ވޭވެސް ދީޕިކާ އެކްސްޕެރިމެންޓް ކުރެއެވެ.

އެކްސްޕެރިމެންޓަލް އައިޝެޑޯ

32 އަހަރުގެ ދީޕިކާ އޭނާގެ ލޮލުގައި އެކި ކަހަލަ ކުލަތައް ޖައްސަން ވަރަށް ލޯބި ކުރެއެވެ. ރެޑް ސްމޯކީ އައި އިން ފެށިގެން ގްރީން އައިޝެޑޯ، އެއިރެއްގައި ހިނގާ މަޝްހޫރު އެކި ޓްރެންޑްސްތައް ފޮލޯކުރެއެވެ.

ނިއުޑް ލިޕް ކަލާ

ގަދަ ކުލަތަކުގެ އިތުރުން ނިއުޑް ލިޕް ކުަލަ ތަކަކީވެސް ދީޕިކާ ވަރަށް ގިނައިން ބޭނުން ކުރާ އެއްޗެކެވެ. ހާއްސަކޮށް ސްމޯކީ އައި މޭކަޕަކާ އެކު ނިއުޑް ލިޕްސް ވަރަށް ނަލައެވެ.