ޚަބަރު

އިތުރު ބިދޭސީއަކު ޑީޕޯޓުކޮށްލައިފި

އާނިފާ ހުސެއިން ސިރާޖް

1

ރާއްޖެއިން އިތުރު ބިދޭސީއެއް ޑީޕޯޓުކޮށްލައިފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިއަަދު ޑީޕޯޓުކޮށްލާފައިވަނީ އަބޫ ހާނިފް ކިޔާ ބަނގުލަދޭޝަގެ ރައްޔިތެއް ކަމަށާއި މި މިހާ ޑީޕޯޓުކޮށްފައިވަނީ ރާއްޖޭގައި ހުރުމަށް އިމިގްރޭޝަނުން ދޫކޮށްފައިވާ ހުއްދައިގެ ޝަރުތަކާ ހިލާފުވުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާ ވަނީ މިރޭ އެއާޕޯޓުން ހިފަހައްޓައި ނޯޓިސްއެއް ދިިނުމަކާ ނުލައި ޑީޕޯޓުކޮށްލާފައި ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

އިމިގްރޭޝަނުން މިއަދު ވަނީ ގަވާއިދާ ހިލާފަށް ރާއްޖެއަށް ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބަންގުލަދޭޝްގެ ރައްޔިތެއް ވެސް ޑީޕޯޓުކޮށްފައެވެ.

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އިތުރުވުމަކީ ގިނަ ދިވެހިންގެ ޒަމާންވީ ޝަކުވާއެކެވެ. އެކަން ހުއްޓުވުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނަ އިރު، ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ދެ ބިދޭސީ ފިރިހެނުން މިމަހުގެ އަށެއް، އަދި ނުވަވަނަ ވަަނަ ދުވަހު ވަނީ ހުއްޓުވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟