މާލޭގެ ގެއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ވަނީ އެކަން “ވަން”އަށް ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ މާފަންނުގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނީ، އުމުރުން 21 އަހަރުގެ ޒުވާނެއް ކަމަށާއި ފުލުހުން ބެލި ބެލުމުން، އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެނިފައި ނުވާ ކަމަށެވެ. ގެއެއްގައި ޒުވާނަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 9:30ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަންނަނީ މިކަން އިތުރަށް ބަލަމުންނެވެ.