ޚަބަރު

ސާނަވީ ތައުލީމު އިމްތިހާނުން ދުނިޔޭގެ އެއްވަނައިގައި ރާއްޖޭގެ ހަ ދަރިވަރުން

މަރިޔަމް ޝަހުދާ

މިދިޔަ އަހަރުގެ ސާނަވީ ތައުލީމު އިމްތިހާނުން ދުނިޔޭގެ އެއްވަނައިގައި ރާއްޖޭގެ ހަ ދަރިވަރުން ހިމެނިއްޖެއެވެ.

ދަރުބާރުގޭގައި ރޭ ކުރިއަށްދިޔަ ޓޮޕް އެޗީވާސް އެވޯޑް 2018ގައި އެކިއެކި މާއްދާތަކުން ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނުނު ރާއްޖޭގެ 53 ދަރިވަރުން ހިމެނިފައިވެއެވެ. މި ދަރިވަރުންގެ ތެރެއިން ހަ ދަރިވަރަކު ވަނީ ދުނިޔޭގެ އެއްވަނައިގައި ހިމެނިފައެވެ. މި ކުދިންގެ ތެރެއިން ރޭގެ ހަފުލާގައި ބައިވެރިވެފައިވަނީ ފަސް ކުދިންނެވެ.

ދުނިޔޭގެ އެއްވަނައިގައި ހިމެނިފައިވާ ކުދިންނަކީ؛

  • އިބްރާހީމް ޔައީޝް ޝާކިރު، ދަރުމަވަންތަ ސްކޫލް (މެރިން ސައިންސް)
  • ޒަޔާން ސައުދުﷲ، ހއ އުލިގަމު ސްކޫލް (ހިސާބު)
  • އަހުމަދު ރަސަލް ތަސްލީމް، އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް (ބިޒްނަސް ސްޓަޑީސް، އިކޮނޮމިކްސް)
  • ޒަޔާން އަބްދުﷲ ނާޒިލް، އިސްކަންދަރު ސްކޫލް (ބަޔޮލޮޖީ)
  • އިސްމާއީލް އަޒްމާން އަބްދުﷲ، ބިލަބޮންގް ހައި އީޕީއެސް އިންޓަނޭޝަނަލް ސްކޫލް (ސައިކޮލޮޖީ)
  • އައިމިނަތު ލާމިޔާ މަގްބޫލް، އިސްކަންދަރު ސްކޫލް (ޓްރެވަލް އެންޑް ޓުއަރިޒަމް)

ރޭ ކުރިއަށް ދިޔަ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އަދި ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.