ހަތް މީހުންނާއެކު ކ. ގުޅީ ފުއްޓަރަށް ނިކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.
ފުލުހުން ބުނީ، ކ.ގުޅި ފުއްޓަރު ފަރާތައް މަހަށް ނުކުމެ އުޅުނު އެ ޑިންގީ ބަންޑުންޖަހާލި ކަމުގެ ރިޕޯޓް ލިބުނީ މިރޭ 20:49 ހާއިރު ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި ރަށު ރައްޔިތުންނާއި ކައުންސިލުން ހަރަކާތްތެރިވިއިރު، ޑިންގީގައި ތިބި ހަތް މީހުން ވެސް ފުއްޓަރު މަތީގައި ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި ޑިންގީ ބަންޑުން ޖަހާލީ ފުއްޓަރު ފަރާތުން ނެގި ރާޅަކާއެކު ކަމަށާއި ބަންޑުން ޖަހާލި ޑިންގީ މިހާރު އަނެއް ފުށަށް ޖަހާފައިވާ ކަމަށެވެ.