އިބްރާހިމް ޒަކީ
ޓެރަރިޒަމްގެ ގާނުނަށް އިސްލާހު ގެންނަނީ، މިހާރު އަމަލު ކުރަމުންދާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި، ޓެރަރިޒަމްގެ ކުށްތައްކަމަށް މިހާރު ކަނޑައަޅާފައިވާ ކުއްތަކަކީ، ޓެރަރިޒަމްގެ ކުށްތަކެއްގެ ގޮތުގައި ނުހިމެނޭކަމަށް ބެލެވިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޓެރަރިޒަމާބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ ފުރަތަމަ ކިއުން އިއްވުމަށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޓެރަރިޒަމްގެ ދައުވާ ނުރަނގަޅު މަގުސަދުތަކަށް ބޭނުން ނުރެވޭގޮތަށް އެކަން ހުއްޓުވުމަށް، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫމުގައިމިހާރު ކަނޑައަލާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލު ގެންނަން ބިލުގަިއ ހުށަހަޅާފައިވާ ކަމަށެވެ.
އަދި ޓެރަރިޒަމްގެ ކުށްތައް ތަހުގީގު ކުރުމާއި ދައުވާ އުފުލުމުގައި ގާނޫނޫނު ތަންފީޒު ކުރާ އިދާރާ ތަކަށާއި ޕީޖީއަށް ލިބިދޭ ގާނޫނީ ބާރުތަކުގެ ދާއިރާ އަލުން ކަނޑައެޅުމަށް ބިލުގައި ހުށަހަޅާފައިވާ ކަަމަށްވެސް ނަޝީދު ވިދަޅުވިއެވެ.
މީގެ އިތުރުން ޒާމާނާ އެއްގޮތަށް ގާނޫނީ އިމްތިޔާޒުތައް އެއްފަރާތަކަށް ދިނުމަށާއި، ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަ ތަކުގައި ބައިވެރިވުމަށްފަހު އަނބުރައި ރާއްޖެ އަންނަ ފަރާތްތަކާމެދު ގާނޫނުތަން ތަންފީޒު ކުރާ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެ ފަރާތްތަަކުގެ މައްޗަށް ހިންގޭނޭ އިޖުރާއަތްތައް ވެސް ބިލުގައި ހިމަނާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަކީ މަޖިލިސް ގަވާއިދުގައިވާގޮތުގެމަތިން 29 މެންބަރުން، ސަަބަބު ބަޔާންކޮށް މަޖިލީހުގެ ރައީސަށް ހުށަހަޅާފައިވާ ހުށަހެޅުމަކާ ގުޅިގެން ދައުރުން ބޭރުން ބޭއްވި ޖަލްސާއެކެވެ.
މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ހަމައެކަނި މި ގަރާރުގެ ފުރަތަމަ ކިއުން ކުރިއަށް ގެންދިއުމެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ފުރަތަމަ ކިއުން އިއްވުމަށްފަހު އެ ބިލަށް ބަހުސްކުރުމަށް ހުޅުވާލުމަށް ޖަލްސާ ބާއްވަން ހަތް ދުވަސް ނުވަތަ ތިންދުވަންސް ދޭން ޖެހެއެވެ. އޭގެ ތެރެއިން ތިންދުވަސް ތެރޭގައި ޖަލްސާ ބޭއްވޭނީ މަޖިލީހުގައި ތިއްބެވި ސިޔާސީ ލީޑަރުންނާ މަޝްވަރާކުރެއްވުމަށްފަހުގައެވެ. އެހެންނޫންނަމަ މަޖިލިސްގެ ރައީސަށް ލިބިގެންވާ ބާރުގެދަށުން މަޖިލިސް ޖަލްސާ ބޭއްވޭނީ ހަތްދުވަސް ދިނުމަށްފަހުގައެވެ.