މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ގޭސްފުޅިއެއް ގޮވައި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:15 ހާއިރު ކަމަށެވެ.
ގޭސްފުޅި ގޮވުމުގެ ސަބަބުން އަނިޔާވެފައިވަނީ ހަތަރު ދިވެހިންނާއި ދެ ބިދޭސީއަކަށް ކަމަށާއި އަނިޔާވި ތިން މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ނަމަވެސް އަނިޔާވި މީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެއެވެ. ބުނީ، އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.