ޓޮޕް އެޗީވާސް އެވޯޑްސް އެސްޓީއޯ އިން ސްޕޮންސާ ކޮށްފިއެވެ.
ޓޮޕް އެޗީވާސް އެވޯޑްސް އަކީ މަތީ ސާނަވީ އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދޭ އެވޯޑެކެވެ.
ކުރިއަށް އޮތް ފަސް އަހަރަށް މި އެވޯޑް ސްޕޮންސާ ކުރުމަށް އެސްޓީއޯއިން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސެކްރެޓަރީ އައިޝަތު ޝައްފާނާ ރަޝީދެވެ.
ވޭތުވެދިޔަ ފަސް އަހަރުވެސް ޓޮޕް އެޗީވާސް އެވޯޑްސް ސްޕޮންސާ ކޮށްފައިވަނީ އެސްޓީއޯ އިންނެވެ.