މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި މިތަކެތި ނައްތާލާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.
އެގޮތުން 51،612 ބަނގުރާ ފުޅިއާއި، 782 ބަނގުރާ ޕެކެޓުގެ އިތުރުން ތިން ބަނގުރާ ދަޅު ނައްތާލައިފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ. އެގޮތުން ޖުމްލަ 22،246.14 ލީޓަރުގެ ބަނގުރާ ވަނީ ނައްތާލާފައި ކަމަށްވެސް ކަސްޓަމުން މައުލޫމާތުދެއެވެ.
ކަސްޓަމުން ބުނީ މި ތަކެއްޗަކީ ކަސްޓަމުގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން އެކަށައަޅައިފައިވާ ރާއްޖެއަށް އެތުރެކުރަން އުޅެނިކޮން ހިފަހެއްޓޭ، މަނާތަކެތި ކަސްޓަމުން ނައްތާލަމުގައި އަމަލުކުރާނެ އަުސޫލުގެ ދަށުން ނައްތާލި ތަކެތި ކަމުގައެވެ.