ޚަބަރު

ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެނީ

މަރިޔަމް ޝަހުދާ

މާލޭގައި ހަދަމުން އަންނަ އިމާރާތަކުން ވެއްޓުނު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މަޖީދީމަގާއި ރަށްދެބައިމަގު ގުޅުނު ހިސާބުގައި ހުރި ހަދަމުން އަންނަ މި އިމާރާތުގެ ދެވަނަ ފަންގި ފިލައިން ވެއްޓިފައިވަނީ ބިދޭސީ އެކެވެ. އެއީ ބަންގްލަދޭސް އަށް ނިސްބަތްވާ 27 އަހަރުގެ މީހެއް ކަމަށް ފުލުހުން މައުލޫމަތުދެއެވެ. އަދި މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު 10:45ގައި ކަމަށް ފުލުހުން ބުނެއެވެ.

މިމީހާގެ ހާލު އެހާ ސީރިއަސްނޫންކަމަށް ފުލުހުން މައުލޫމާތުދިނެވެ.