ޚަބަރު

މަސްވެރިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ މިފްކޯގެ ވެރިން: ނިޔާޒު

އަހުމަދު ޖައިޝަން

ދިވެހި ރާއްޖޭގެ މަސްވެރިކަމުގެ ސިނާ އަތަށް އޮތް އެންމެ ބޮޑު ހުރަހަކީ މިފްކޯގެ އިސް ވެރީން ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއީލް ނޫހަކަށް ދެއްވި އިންޓަވިއުއަކާ ގުޅޭ ގޮތުން އެކަމަށް ރައްދު ދެއްވައި ނިޔާޒު ވަނީ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ.

މިފްކޯގެ އެމްޑީ އަދުލީ ވިދާޅުވީ އެ ކުންފުންޏަށް ގެއްލުންވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ދިޔުމާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް ނިޔާޒު ވިދާޅުވީ އެގޮތަށް ކަންތައް ވެފައިވަނީ މިފްކޯގެ ވެރީންގެ ހިޔާނާތުގެ ސަބަބުން ކަމަށެވެ.

ނިޔާޒު ވިދާޅުވީ މަހުގެ އަގު ދަށަށް ގޮސްފައިވަނީ ތައިލެންޑުގެ މަހުގެ ވިޔަފާރި ކޮންޓްރޯލް ކުރާ ފަރާތްތަކާ މިފްކޯގެ ވެރީން ގުޅިގެން ހިންގާ ހިޔާނާތުގެ ސަބަބުން ކަމަށެވެ.

"މިފްކޯގެ ވެރީން ބެންކޮކަށް ކުރާ ޒިޔާރާތްތަކުގައި ތިބޭނެ ލަގްޒަރީ ސާވިސްޑް އެޕާޓްމެންޓްތަކާއި ވިޔަފާރި ކުރާނެ ފައިސާއިން ފެށިގެން ރަށަށް ގެންދާނެ އެމެރިކާ ޑޮލަރު ބޮނޑިތައް ހަދިޔާގެ ގޮތުގައި މިފްކޯގެ ވެރިންނަށް ލިބޭ ކަމަކީ ހަގީގަތެއް،" ނިޔާޒު ވިދާޅުވިއެވެ.

އެވާހަކަތައް ނިންމާލައްވަމުން ނިޔާޒު ވިދާޅުވީ އެ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އޮތް ހުރަހުގައި ރައްޔިތުންގެ މަޖިލީސްވެސް ރޯލެއް ކުޅޭ ކަމަށެވެ. އެއީ ދައުލަތުގެ ކުންފުނިތަކުގެ ވެރީން ޖަވާބުދާރީ ކުރަން ނުކުޅެދުންތެރިވުން ކަމަށް އޭނާ ވިދާޅުވިއެވެ.