ޚަބަރު

އިސްލާމްދީނާ ދެކޮޅަށް ނުކުތް މީހަކު ތިނަދޫއިން ހައްޔަރުކޮށްފި

ފަތޯނާ ފާއިޒު

1

ގދ. ތިނަދޫގައި އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ނުކުތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ގދ. ތިނަދޫ މީހަކު ދީނަށް ފުރައްސާރަ ކޮށްފަައި ސޯޝަލް މީޑިއާގައި ލިޔާ މައްސަލައަކާ ގުޅިގެން މިއަދުގެ ވަގުތެއްގައި ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައި މިވަނީ، ތިނަދޫ ޒުވާނުންތަކެއް އޭނާއާ ދެކޮޅަށް ނުކުމެފައިވަނިކޮށެވެ. "ވަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިނަދޫގައި ދީނާ ދެކޮޅަށް ނުކުމެފައި ވަނީ ރުޝްތުމް ނަމަކަށް ކިޔާ ފިރިހެނެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟