ޚަބަރު

ޖޭއެސްސީ ހިންގާނެ އިމާރާތެއް ކުއްޔަށް ހިފުމަށް އިއުލާނުކޮށްފި

މަރިޔަމް ޝަހުދާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިންގާނެ އިމާރާތެއް ކުއްޔަށް ހިފުމަށް އެ ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

މިއަދު ޖޭއެސްސީން ވަނީ އެ ކޮމިޝަނުން 10،000 އަކަފޫޓަށްވުރެ ކުޑަ ނޫން އޮފީސް އިމާރާތެއް މާލެއިން ކުއްޔަށް ހިފުމަށް ބޭނުންވާ ކަމަށް އިއުލާނު ކޮށްފައެވެ. އަދި މިފަދަ އިމާރާތެއް ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ސެޕްޓެމްބަރު ވާ ހޯމަ ދުވަހު 11:00 އަށް އެ ކޮމިޝަނަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް ކޮމިޝަނުން އެދެއެވެ.

އަދި މިމަހު 23 ގައި އަންދާސީ ހިސާބު ހުށަހެޅުމަށް ޖޭއެސްސީން އެދެއެވެ. ޖޭއެސްސީން މައުލޫމާތުދިން ގޮތުގައި އެކޮމިޝަނުގެ އިއުލާނާ ގުޅޭ މައުލޫމާތުގެ އިތުރުން ބިޑަށް ހުށަހަޅާ ފޯމު އިއުލާނާއެކު ގެޒެޓުގައި ޝާއިއު ކުރެވޭނެއެވެ. އަދި މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދަން ބޭނުންނަމަ 3340620 ނުވަތަ 7938058 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރުމަށް ޖޭއެސްސީން އެދެއެވެ.

ޖޭއެސްސީގެ އޮފީސް މިހާރު ހިންގަމުން އަންނަނީ ތީމުގޭގައެވެ.