ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ފަސްޓް ލޭޑީ، މެޑަމް ފަޒްނާ ''ތިބާ ސައިކޮލޮޖީ'' ހުޅުވައިދެއްވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފަޒްނާ އަލީ ''ތިބާ ސައިކޮލޮޖީ''ގެ ނަމުގައި ކްލިނިކެއް ހުޅުވައިދެއްވައިފި އެވެ.

ރޭ ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ މި ކްލިނިކް ހުޅުއްވާދެއްވާފައި ވަނީ މ. ފްލެމިންގޯ ގައެވެ.

މި ކްލިނިކް ރަސްމީކޮށް ހުޅުވުމަށް ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަފުސާނީ ބަލިތަކާ ގުޅޭ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް މެޑަމް ފަޒްނާ އެދެވަޑައިގަތެވެ.

މީގެ އިތުުން ނަފްސާނީ ބައލިތައް ތަހައްމަލު ކުރާ ފަރަކާތްތަކަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވާ މީހުންގެ މިންވަރު އިތުރުވާކަން ފަޒްނާ ފާހަގަ ކުރެއްވި އެވެ. އަދި އެއީ އެކަމާ އުފާކުރައްވާ ކަމެއް ކަމަށް މެޑަމް ފަޒްނާ ވިދާޅުވިއެވެ.

ރޭގެ ހަފުލާގައި ރަސްމީކޮށް ކްލިނިކް ހުޅުވުމުގެ އިތުރުން ''ތިބާ ސައިކޮލޮޖީ''ގެ ރަސްމީ ވެބްސައިޓް ވެސް މެޑަމް ފަޒްނާ ލޯންޗް ކޮށްދެއްވިއެވެ.