އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވި މ. އިރާކުމާގެ އާދަމް މޫސާ (އާދަމްބެ) އެޑްމިޓްކޮށްފިއެވެ.
އާދަމްބެއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ޖުމްހޫރީ ޕާޓީގެ ރައީސް، އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވަނީ އިސްލާހީ މަސައްކަތުގައި ފޯރިއާއި ޖޯޝު ނެރުއްވާ އާދަމް މޫސާއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.
އާދަމްބެއަކީ، އެމްޑީޕީން ކުރަމުންދިޔަ މުޒާހަރާތަކުގައި ދެގޮތެއް ނުވެ ކުރީ ސަފުގައި ހުރި މީހެކެވެ. އާދަމްބެ ބޮޑަށް ފެނިގެން ދިޔައީ މުޒާހަރާގެ ބައިވެރިން މުނިފޫހި ފިލުވައިދޭ މީހެއްގެ ގޮތުގައެވެ.