މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

މޮޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގައި ސޮއިކޮށްފި

އާނިފާ ހުސެއިން ސިރާޖް

1

ހއ. މޮޅަދޫ ބަދަރު ހެދުމުގެ މަޝްރޫއުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ އެކު ސޮއިކޮށްފިއެވެ.

މޮޅަދޫ ބަދަރު ހެދުމުގެ މަޝްރޫއު ސެނޮކް ޓްރޭޑް ކޮމްބައިން އާ ހަވާލުކޮށްފައިވަނީ އެ މަޝްރޫއަށް 26،984،891.28 ރުފިޔާ ކަނޑައަޅާ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން އެރަށު ބަދަރުގައި 232 މީޓަރުގެ ބޭރުތޮށްޓަކާއި، 42 މީޓަރުގެ ރިވެޓްމަންޓަކާއި، 70 މީޓަރުގެ ގްރޮއިން އަކާއި، 200 މީޓަރުގެ އެއްގަމުތޮއްޓަކާއި، 600 ސްކެއާރ މީޓަރުގެ ޕޭވްމެންޓަކާއި، ދެ ނެރުބައްތިއާއި، 20 ބަނދަރު ބައްތިއާއި، އެއް ރޭމްޕާއި، 24،726 ކިއުބް މީޓަރަށް ބަނދަރު ފުންކުރުމުގެ އިތުރުން އެއްގަމު ތޮށިން ބޭރުތޮއްޓަށް އެރުމަށް ވޯކްވޭއެއްވެސް ހެދުމަށް ހަމަޖައްސާފައިވާ ކަމަށް ޕްލޭނިންގް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

މި ކޮންޓްރެކްޓުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ އަދި ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ސޮއި ކުރެއްވީ އެކައުންޓެންޓް ޕްރަބާތު އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟