ރާއްޖޭގެ ދެކުނުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީ، ބަދުއަހުލާގީ އަމަލު ހިންގި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދީ، ބަދުއަހުލާގީ އަމަލު ހިންގަން ތިބިކަމުގެ މައުލޫމާތު މިއަދު މެންދުރު 01:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 44 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.