ރާއްޖޭގައި އޮސްޓްރޭލިއަން ތައުލީމީ ސެންޓަރުތައް ގާއިމުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.
މިކަމާ ބެހޭގޮތުން މަޝްވަރާކުރެއްވީ ކޮލްމްބޯގައި ހުންނަ އޮސްޓްރޭލިއަން ހައި ކޮމިޝަންގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި އޮސްޓްރޭލިއާއާ ރާއްޖެ ގުޅިގެން ރާއްޖޭގައި އޮސްޓްރޭލިއަން ތައުލީމީ ސެންޓަރުތައް ގާއިމުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓިތަކާ އެކު މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި އޮސްޓްރޭލިއާގެ 30 ޔުނިވާސިޓިއަކުން ވަނީ ބައިވެރިވެފައެވެ.