ގދ. ތިނަދޫގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި ހަތަރު އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އެރަށުގެ ރޯޝަނީ މަގުގައި ހުރި ގެއަކުން ހަތަރު އަހަރުގެ ކުޑަކުއްޖަކު މަގުމައްޗަށް ނުކުމެ އުޅެނިކޮށް ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި، އެ ކުޑަކުއްޖާއަށް އަނިޔާވެފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 5:13 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު މޫނުމަތީގައި އެކިވަރުގެ ޒަހަމުތައް ހުރި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
އެކުއްޖާއަށް މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.
ކުޑަކުއްޖާ ގައިގައި ޖެހުނު ސައިކަލު ދުއްވީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ވަނީ އެމީހާގެ ޑްރައިވިން ސައިސެންސް ހިފަހައްޓާފައެވެ.