މަގުމަތިން މީހެއްގެ ފޯނެއް ފޭރުނު ދެމީހަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި މާވެޔޮމަގުގައި ހިނގި މި ހާދިސާގައި ހައްޔަރުކޮށްފައިވަނީ ދެ ދިވެހިންނެވެ. އެއީ 28 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިދެމީހުން ހައްޔަރުކޮށްފައިވަނީ އެވަގުތު އެސަރަހައްދުގައި ހުރި ފުލުހަކު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ މާވެޔޮމަގުން ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ސައިކަލުގައި ދިޔަ ދެމީހުން ފޯނު ފޭރިގަތުމުންނެވެ. ނަމަވެސް އެވަގުތު އެމަންޒަރު ފެނުނު ފުލުހަކު އެމީހުން ހުއްޓުވައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.