ޚަބަރު

އެސްޓީއޯގެ ގޮދަންފުށުގައި "ފާޑެއްގެ" ވަހަކާއި ރަހައެއް ހުރި މައްސަލައެއް ބަލަނީ

އަހުމަދު ޖައިޝަން

އެސްޓީއޯއިން ރާއްޖެ އެތެރެކުރާ ގޮދަންފުށުގެ ބެޗެއްގައި "ފާޑެއްގެ" ނުބައި ވަހެއް ދުވާ މައްސަލައެއް އަދި ފާޑެއްގެ ރަހައެއްލާ މައްސަލައެއް ބަލަން ފަށައިފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ މައްސަލަ ހުރި ކަމަށް ބެލެވެނީ އެސްޓީއޯގެ ބެޗް ނަމްބަރު 17016853 ގެ ގޮދަން ފުށުގައި ކަމަށެވެ.

އެ އޭޖެންސީ އިން ބުނީ އެ މައްސަލަ ދިމާވެގެން އުޅެނީ ހަމައެކަނި އެ ބެޗުގެ ގޮދަންފުށަށް ކަމަށާއި އެހެން އެއްވެސް ބެޗެއްގައި އެފަދަ މައްސަލައެއް ނެތް ކަމަށެވެ.

ގޮދަށް ފުށް ގަނެ ވިއްކާއިރު ބެޗް ނަމްބަރަށް ބެލުން މުހިއްމު ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ. އަދި ގޮދަން ފުށް ރައްކާކުރުމުގައި އެދެވިގެންވާ މިންގަނޑުތަކަށް ބެލުން މުހިއްމު ކަމަށްވެސް އެ އޭޖެންސީއިން ވަނީ ބުނެފައެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި އެ ގޮދަންފުށުގައި ކެމިކަލް ވަހެއް ހުރެއެވެ.