ޚަބަރު

ހިލަ ބަރުކޮށްގެން އައި ބާޖެއް ފަރަށް އެރުމުން އެމްއެންޑީއެފުން އެހީވެއްޖެ

ފަތޯނާ ފާއިޒު

އިންޑިއާއިން ހިލަބަރުކޮށްގެން ރާއްޖެއައި ބާޖެއް، ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ވެރިރަށް މާލެއަށް ދަތުރު ކުރި އެ ބާޖު ކ. ހިންމަފުށި އިރުމަތީ ފަރާތު ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 1:54 ހާއިރު ކަމަށެވެ.

އެ ބާޖު ފަރަަށް އަރަން ދިމާވީ، އެ އުޅަނދު ކަފު ޖަހައިގެން ދަތުރުކުރި ޓަގުބޯޓުގެ ބުރަފަތީގައި ވަލެއް އޮޅިގެން ކަަމަށް ބާޖުގެ ފަޅުވެރިން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ފަރަށް އެރި ބާޖުގެ ވެރިފަރާތުން މިހާރުދަނީ އެ އުޅަނދު ފުން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.