ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންތިޚާބީ ރައީސް އިބޫ، މާދަމާ އުމްރާއަށް ފުރާވަޑައިގަންނަވަނީ

އަހުމަދު ޖައިޝަން

އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް، އުމްރާ ދަތުރުފުޅެއްގައި މާދަމާ ފުރާ ވަޑައިގަތުމަށް ނިންމަވައިފި އެވެ.

އިބްރާހީމް މުހައްމަދު ސޯލިހްގެ ސްޕޯކްސްޕާސަން މާރިޔާ ދީދީ ވިދާޅުވީ އެމަނިކުފާނު މާދަމާ ފުރާވަޑައިގަންނަވާއިރު އެ ދަތުރުފުޅުގެ ތެރެއިން އިތުރު ގިނަ މަސައްކަތްތަކެއް ވެސް ކުރައްވާނެ ކަމަށެވެ.

އެގޮތުން ސައުދީ އަރަބިއްޔާގެ އޮފިޝަލުންނާ އެ ދަތުރުފުޅުގައި ބައްދަލުކުރައްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެ ދަތުުރުފުޅު ނިންމަވައިލެއްވުމަށްފަހު އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ހުކުރު ދުވަހުގައި ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

އެމަނިކުފާނުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކައިރިވަމުން އަންނަ އިރު ސަރުކާރު ބަދަލުވުމުގެ ޓްރާންސިޝަންގައި އެމަނިކުފާނު ގެންދަވަނީ ގިނަ ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ.