ފޮރިން މިނިސްޓްރީ

އިންޑިއާގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

އާނިފާ ހުސެއިން ސިރާޖް

މިމަހުގެ ތިނަކުން ހަތަރަކަށް ރާއްޖޭގައި ބާއްވާ ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2019ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަހެމަންޔަމް ޖޭޝަންކަރު މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖޭޝަންކަރ ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަލީލް އަހްމަދު އަދި ފޮރިން ސެކްރެޓަރީ އަބްދުލް ގަފޫރު މުހައްމަދު އެވެ.

މިއީ އިންޑިއާގެ ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ޑރ. ޖޭޝަންކަރު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.