ޚަބަރު

ހަރުކަށި ފިކުރުން ޒުވާނުން ސަލާމަތް ކުރެވޭނީ ދީނުގެ ސައްހަ މައުލޫމާތު ދީގެން: ޝައިހް އިލްޔާސް

ފަތޯނާ ފާއިޒު

ހަރުކަށި ފިކުރާއި ދީނަށް ފުރައްސާރަ ކުރުމުގެ ފިކުރުން ޒުވާން ޖީލު ސަލާމަތް ކުރުމަށްޓަކައި ދީނުގެ ސައްހަ މައުލޫމާތު ޒުވާނުންނަށް ދިނުމަކީ މުހިއްމު ކަމެއް ކަމަށް ޝައިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝައިހް އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދީނަށް ފުރައްސާރަ ކުރުމާއި ހަރުކަށި ފިކުރު ފެތުރިގެން ދިއުން ހުއްޓުވުމުގެ ގޮތުން ޒުވާނުންގެ އަގީދާ ވަރުގަދަ ކުރުމަކީ މުހިންމު ކަމަށާއި އެކަމުގައި ތައުލީމީ އިދާރާ ތަކާއި ބެލެނިވެރިން ވެސް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.

ޝައިހް އިލްޔާސް މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ، އެކަނިވެރި ޒުވާނުން ހޯދައިގެން އެފަރާތްތަކަށް ޖިހާދު ކުރުމަށް ހިތްވަރު ދިނުމަށް، ރާއްޖޭގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަނުން އިއްޔެ ބުނެފައިވާތީއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަނުން ބުނީ، ރާއްޖޭގައި އަބޫބަކްރު އަލް ބަޣްދާދީ ނިސްބަތްވާ އައިއެސްއަށް ބައިއަތު ހިފައިގެން އުޅޭ ބަޔަކާއި ސީރިއާ އާއި އިރާގުގައި ހަރަކާތްތެރިވާ ނުސްރާ ޖަމާއަތަށް ތަބާވާ އަލްގައިދާ މީހުން އުޅޭ ކަމަށެވެ. އަދި އެ ދެ ޖަމާއަތުން ވެސް، ހަނގުރާމައަށް ދިއުމަށް މީހުން ރެކްރޫޓު ކުރަނީ ފުރުގާން މިސްކިތާއި ނޫރު މިސްކިތު ސަރަަހައްދުގައި ކަމަށް ބުނެފައިވެއެވެ.

ޝެއިހު އިލްޔާސް އިއްޔެ ކުރެއްވި ޓްވީޓް