ޚަބަރު

ތިނަދޫގައި އޮޅިގެން ރޭހަށް ފިތާލެވުނު ކާރެއް މޫދަށް ވެއްޓިއްޖެ

ޝަހީދާ އަބްދުﷲ ސައީދު

2

ގދ. ތިނަދޫގައި ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް މޫދަށް ވެއްޓިއްޖެއެވެ.

''ވަން''އަށް މައުލޫމާތު ދެމުން ތިނަދޫން ވާހަކަ ދެއްކި މީހަކު ބުނީ، އެ ހާދިސާ ހިނގީ މިއަދު ހަވީރު އެރަށު ދެކުނު ފަރާތުން އަލަށް ހިއްކި ސަރަހައްދުގައި ކަމަށެވެ.

އެގޮތުން ކާރު ފަހަތަށް ޖަހަން އުޅުމުގެ ތެރޭގައި، މާބޮޑަށް ރޭސް ޕެޑެލްއަށް ފިއްތާލެވުމުން ކޮންޓްރޯލް ނުވެގެން ގޮސް އެ ސަރަހައްދުގައި ޖަހާފައިހުރި ހިލަތަކުގެ މަތިން މޫދަށް ވެއްޓުނީ ކަމަށް އޭނާ ބުންޏެވެ.

އެ ހާދިސާ ހިނގިއިރު ކާރުގައި ތިބީ ޑްރައިވަރާއި އިތުރު މީހެކެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ތިނަދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ތިނަދޫ ދެކުނު ފަރާތު ކަފެނާ ސަރަހައްދުގެ މޫދަށް ވެއްޓުނު ކާރު ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟