ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސީއީއޯ ނާދިޔާ ހަސަން މަގާމުން އިސްތިއުފާދެއްވައިފިއެވެ.
''ވަން އޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ސީއެމްޑީއޭގެ، ޑިރެކްޓާ ޖެނެރަލް، ހެޑް އޮފް މާކެޓް ޑިވެލޮޕްމެންޓް ފާތިމަތު އަބްދުﷲ ކަމާލުއްދީން މިއަދު ވިދާޅުވީ ނާދިޔާ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އަދި އިސްތިއުފާދެއްވީ އަމިއްލަ ސަބަބުތަކަށްޓަކައި ކަމަށް ފާތުމަތު ވިދާޅުވިއެވެ.
ނާދިޔާ ސީއީއޯގެ މަގާމާއި ހަވާލުވެވަޑައިގަތީ 2016 ވަނަ އަހަރުއެވެ.
ސީއީއޯގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކުރައްވަންދެން ސީއެމްޑީއޭގެ އެކްޓިން ސީއީއޯގެ މަގާމު އަދާކުރައްވާނީ ފާތިމަތު އަބްދުﷲ ކަމާލުއްދީނެވެ.