ލައިފް ސްޓައިލް

އިނގިރޭސިވިލާތުގައި އެންމެ އާންމު ނަމަކީ އޮލިވާ އަދި އޮލިވިއާ!

މުހައްމަދު އައުޒަމް

އިނގިރޭސިވިލާތުގެ އޮފީސް ފޯ ނެޝަނަލް ސްޓެޓިސްޓިކްސް އިން ދައްކާގޮތުން ވޭލްސް އަދި އިނގިރޭސިވިލާތުގައި އެންމެ އާންމު ނަންތަކުގެ އެންމެ ކުރީގައި އޮލިވާ އަދި އޮލިވިއާ އޮންނަތާ ދެ އަހަރުވީއެވެ.

1904 ވަނަ އަހަރުން ފެށިގެން ތަފާސް ހިސާބުތައް ބަލަހައްޓަމުންދާ އޮފީސް ފޯ ނެޝަނަލް ސްޓެޓިސްޓިކްސް އިން ހާމަކުރާގޮތުން 2017 ވަނަ އަހަރު އެންމެ އާންމު އަންހެން ފަސްނަމަކީ އޮލިވިއާ، އެމެލިއާ، އިސްލާ، އީވާ އަދި އެމްލީއެވެ.

ފިރިހެން ނަންތަކުގެ ތެރެއިން އެންމެ އާންމު ނަންތަކަކީ އޮލިވާ، ހެރީ، ޖޯޖް، ނޯއާ އަދި ޖެކްއެވެ. މިހާރުވެސް އިނގިރޭސިވިލާތުގެ ބައެއް ހިސާބުތަކުގައި މުހައްމަދު ކިޔާ ގިނަކުދިން އުޅޭކަމަށް ވެސް ފާހަގަ ކޮށްލެވެއެވެ.

އެންމެ ގިނައިން ބޭނުންކުރާ 100 ނަންތަކުގެ ތެރޭގައިވެސް މުހައްމަދު، މިނަން ތަފާތު ތިން ގޮތަކަށް ބޭނުން ކުރެއެވެ. ނަމަވެސް އޮލިވާ މިވަނީ ކުރިހޯދައިފައެވެ. އިނގިރޭސިވިލާތް ފާހަގަކުރެވެނީ އެއިރެއްގައި ހިންގާ މަޝްހޫރު ކަމަކާ ނުވަތަ މަޝްހޫރު މީހަކާ ގުޅުވައިގެން ނަން ދެމުން އަންނަ ގައުމެއްގެ ގޮތުގައެވެ.

ޙާއްސަކޮށް އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުންނަށް ކިޔާ ނަންތައް ވަރަށް މަޝްހޫރުވެގެން ދެއެވެ. ސެލެބްރިޓީންގެ ނަންތައް ވެސް މަޝްހޫރުވާއިރު ފިލްމުތަކުގައި ބޭނުންކުރާ ނަަންނަން ވެސް އެގައުމުގައި ބޭނުންކުރަމުން ދެއެވެ.