ވެމްކޯ

ވެމްކޯގެ މުވައްޒަފަށް ހަމަލާދިން މީހާ ހައްޔަރުކޮށްފި

ވެމްކޯގެ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ވެމްކޯގެ މުވައްޒަފަށް ހަމަލާދިން މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހޯދުމުގެ މަސައްކަތް ރެއިން ފެށިގެން ކުރަމުން ދަނިކޮށް، މިއަދުގެ ވަގުތެއްގައި އޭނާ ފުލުހުންގެ މައި އިދާރާއަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވެމްކޯ މުވައްޒަފަށް ހަމަލާދޭ ވީޑިއޯއިން ފެންނަ ގޮތުގައި، ވެމްކޯގެ ފިރިހެން މުވައްޒަފަކަށް މީހަކު ހަމަލާދެނީ އެސްލޯނު ހޮޅިބުރި އަކުންނެވެ. އަދި އެ މުވައްޒަފާ ދިމާލަށް ހަޑި ހުތުރު އެއްޗެހި ކިޔާ އަޑު އިވޭއިރު، ހޮޅިބުރިން މުވައްޒަފުގެ ބޮލާއި ކަނދުރާ މަތީގައި ޖަހާ މަންޒަރު ވީޑިއޯއިން ފެނެއެވެ.