ޚަބަރު

އިސްލާމީ މަރުކަޒުގެ ފާރު ތަޅާލުމަކީ ހައިބަތު ބޮޑު ބިނާގެ އަގުވެއްޓިގެން ދިޔަ ކަމެއް: ޝައިޚު ޒައިދު

ޝަހީދާ އަބްދުﷲ ސައީދު

އިސްލާމީ މަރުކަޒުގެ ވަށާފާރު ތަޅާލުމުން އައްޝައިޚު އަލީ ޒައިދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

އަލީ ޒައިދު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިސްލާމީމަރުކަޒުގެ ވަށާފާރު ތަޅާލުމަކީ އޭނާ އެއްގޮތަކަށް ވެސް ގަބޫލުކުރައްވާނެ ކަމެއް ނޫން ކަމަށާއި، އެއީ މިސްކިތުގެ ހުުރުމަތް ކެނޑި، މީހުންގެ ކުރިމަތީ ހައިބަތު ބޮޑު ބިނާގެ އަގުވެއްޓިގެން ދިޔަ ކަމެއް ކަމަށެވެ.

އަދި އިސްލާމީ މަރުކަޒުގެ ވަށާފާރު އަލުން ރޭނުމަށް ޝައިޚު ޒައިދު ވަނީ ގޮވާލައްވާފައެވެ. މީގެއިތުރުން ޝައިޚު ޒައިދުގެ ޓުވީޓުގައި ވަނީ ''ޑާންސްކުރާ މީހުން ހުއްޓުވަންޖެހޭ'' ކަމަށްވެސް ވިދާޅުވެފައެވެ.