ޚަބަރު

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ދަނީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް މިހާރު ކުރިއަށްދާ ކަމަށް އެޕާޓީން ހާމަކޮށްފިއެވެ.

ނަމަވެސް ބައްދަލުވުމުގައި މަޝްވަރާކުރަމުންދަނީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ހާމައެއް ނުކުރައްވައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް ކުރިއަށްދާއިރު، އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މަގާމުގެ ހުވާކުރެއްވުމަށް އެޕާޓީން މިހާރު ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ.

އެ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވާ އިރު، މިއީ ކްރިމިނަލް ކޯޓުން ނަޝީދުގެ މައްޗަށް 2015 ވަނަ އަހަރު އިއްވި ޖަލު ހުކުމަށް ފަހު ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި އެމަނިކުފާނު ބައިވެރިވި ފުރަތަމަ ފަހަރެވެ.