ޚަބަރު

ދެކުނު އޭޝިއާ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ހަތަރުވަނަ ބައްދަލުވުން ރާއްޖޭގައި ފަށައިފި

އިބްރާހިމް ޒަކީ

ދެކުނު އޭޝިއާގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުގެ ހަތަރުވަނަ ބައްދަލުވުން، (ފޯތު ސައުތު އޭޝިއަން ސްޕީކާސް ސަމިޓް) ދެންމެ ރާއްޖޭގައި ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދާ މި ސަމިޓް ފައްޓަވައި ދެއްވީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މި އަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ސަމިޓްގައި މި ސަރަހައްދުގެ ނުވަ ގައުމެއްގެ ގާނޫނުހަދާ މަޖިލިސް ތަކުގެ އެންމެ އިސް ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

އޭގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި އަފްޣާނިސްތާނު ބަނގުލަދޭޝް އާއި ބޫޓަން އާއި މިޔަަންމާގެ އިތުރުން ނޭޕާލް އާއި ޕާކިސްތާނާއި ސްރީލަންކާ ހިމެނެއެވެ.

މި ސަމިޓްގައި އެ ގައުމުތަކުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސުންގެ އިތުރުން، އެކި ފެންވަރުގެ 40 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.