އައްޑޫ ސިޓީގެ ހިތަދޫގައި ސައިކަލެއްގައި ދިޔަ މީހަކު މޫދުކައިރީ ހުންނަ ހިލަތަކެއްގެ މައްޗަށް ވެއްޓި ސީރިއަސް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 08:01 ހާއިރު ސ. ހިތަދޫގައި ޕޯޓު ސަރަހައްދުން ސައިކަލެއްގައި ދިޔަ 47 އަހަރުގެ ދިވެހި ފިރިހެނަކު މޫދާ ދިމާލަށް ހިލަތައް މައްޗަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ވުމުގެ ސަބަބުން އެމްބިއުލާންސްގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އައިސީޔޫގައި އެމީހާއަށް މިހާރު އަންނަނީ ފަރުވާ ދެމުން ކަމަށާއި އެމީހާގެ ހާލު ސީރިއަސް ކަމުގައެވެ. އެމީހާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް ހިތަދޫ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.
މިކަމާ ގުޅޭގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ބަހެއް ހޯދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.