ތިނެއް ޕޮއިންޓް ފަހެއް މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ބަނގުރާ ފުލުހުން ނައްތާލައިފިއެވެ.
ފުލުހުން ބުނީ މިއަދު ނައްތާލި ބަނގުރަލުގެ މަގުމަތީ އަގު 3.5 މިލިޔަނަށްވުރެ މައްޗަށް އަރާ ކަމަށެވެ.
ފުލުހުން ބުނީ މި ތަކެއްޗަކީ، 2010 ވަނަ އަހަރުން ފެށިގެން މިއަހަރާ ހަމައަށް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓަށް ހުށަހެޅި މައްސަަލަތަކާ ގުޅިގެން އަތުލައިގަނެފައިވާ އެއްޗެހި ކަމަށެވެ.
އެއީ 689 މައްސަލައަކާ ގުޅިގެން އަތުލައިގަނެފައިވާ އެކި ބާވަތްތަކުގެ 8627 ފުޅި ބަނގުރާ ކަމަށް ބުނެފައިވެއެވެ.
ފުލުހުން ބުނީ އެތަކެތި މިއަދު ނައްތާލާފައިވަނީ ދޫނިދޫގައި ކަމަށެވެ.