މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފަހު އެނބުރި ރާއްޖެއައި ހައްޖުކޯޕަރޭޝަނުގެ އެންމެ ފަހު ގްރޫޕްގެ ހައްޖާޖީންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު މިއަދު ބައްދަލުކުރައްވައިފިއެވެ.
މިއަދު އައި ހައްޖުވެރިންނާ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ބައްދަލުކުރެއްވީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހައްޖާޖީންގެ ކަންކަން އިންތިޒާމުކުރައްވަން ވަޑައިގެންނެވި އިސްބޭފުޅުންނާ އަދި ހައްޖާޖީންނާވެސް ބައްދަލުކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރި ފުރަތަމަ ގްރޫޕް ހައްޖަށް ފުރުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން އެފަރާތްތަކާ ބައްދަލުކުރައްވައިފައެވެ.