ޚަބަރު

ސަރުކާރުގެ މަސައްކަތް ލަސްވެގެން ދައްކާ ވާހަކައަކީ ތަކުރާރުކޮށްގެން ތެދަކަށް ހަދަންއުޅޭ، ބޮޑު ދޮގެއް

އިބްރާހިމް ޒަކީ

1

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރާ ކަންތައްތައް ލަސްވެގެން ކަމަށް ބުނެ ދައްކާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، އެއީ ތަކުރާރުކޮށްގެން ތެދަކަށް ހަދަންއުޅޭ ބޮޑު ދޮގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ހުރަވީ ސްކޫލް ހޯލްގައި ކުރިއަަށްދާ، އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްގައި މިއަދު ހެނދުނު ވާހަކަ ދައްކަވަމުން ރައީސް އިބޫ ސޯލިހުގެ ސަރުކާރުން ކުރިއަށްދާ ތަރައްގީގެ މަޝްރޫތައް ލަސްކަމަށްބުނެ، އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ ފާހަގަ ކުރައްވައި، މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ، އެގޮތަށް ގޮގު ހަދައިގެެން ހަމަ ބަޔަކު ދައްކާ ވާހަކަތަކަށް ހެއްލިގެން ނުވާނެ ކަމަށެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންކުރާ ކަންތައްތައް ލަސްކަމަށްވެ ވާހަކަދައްކަނީ، އެއީ ދޮގެއް، އެއީ ކަނޑައެޅިގެން ގޮގެއް، އަދި އެދޮގަކީ، ތަކުރާރު ކޮށްކޮށްކޮށްކޮށް ތެދަކަށް ހަދަންވެގެންއުޅޭ ދޮގެއް އެއީ،" ނަޝީދު ވިދާޅުވިއެވެ.

ކޮންގްރެސްގެ ބައިވެރިންނާ މުހާތަބު ކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ، އެ ވާހަކަތަކާމެދު ވިސްނަންޖެހޭ ކަމަށާއި އޭގެ ތެރެއަށް ވަދެގެންނުވާނެ ކަމަށެވެ. އަދި އެ ދޮގު ތަކުރާރު ނުކުރެއްވުމަށްވެސް ބައިވެރިންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ކަމެއް ނުވެގެން އަދި އުޅެން ނުޖެހޭ ކަމަށެވެ.

"މީހަކު ލަހެއް ވެގެނެއް ކަމެއްނުވެގެނެއް އުޅޭކަށް ނުޖެހެއޭ، އަޅުގަނޑުވެސް ރައީސްކަން ކުރިން، ރައީސްޔާމީން ވެސް ދައުރެއް ނިންމަވައިފި، މީން ކޮންމެ ދައުރެއްގައިވެސް ކަމެއް ހިނގަން ފަށާފަހުރީ، ކޮން އިރެއްގައިތޯ ރަނގަޅަށް ބައްލަވާލައްވަބައްލަވާ، ޕީއެސްއަޕީ ޑިސް÷ޕާސް ނުވެގެން، އަޅުގަނޑުމެން ބޭނުން ޑިސްޕާސްވާން، އެހެންނަމަވެސް މުލި ޖުމްލަ ނިމޭއިރުވެސް 70 ޕަސެންޓް ނުވާއެއްޗެއް އެއީ އަޅުގަނޑުމެނަށް ކަމެއް ލަސްވެގެެނެއް އުޅެންޖެހޭކަށެއްނެތް،" ނަޝީދު ވިދާޅުވިއެވެ

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟