ގއ. ވިލިނގިލީގައި މަސައްކަތް ކުރަމުންދާ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފިއެވެ.
ފުލުހުން ބުނީ ސައިކަލުގައި ރޯކޮށްލާފައިވަނީ ރޭ މެންދަމު 3:07 އެހާކަށްހާއިރު ކަމަށެވެ. އެހާދިސާގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި، އެ ހާދިސާއާ ގުޅިގެން އެގޭގެ ދޮރަށާއި، ދޮންނަ މެޝިނަށާއި، އޭސީ އައުޓްޑޯ ޔުނިޓަށް ގެއްލުންވެފައިވާ ފުލުހުން މައުލޫމާތު ދީފައިވެއެވެ.
އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.