ޚަބަރު

ދިވެހި ޒުވާނުންނަށް ބާރުގަދަ ޑްރަގް ދިނުމަކީ ރާވައި ހިންގައިގެން ކޮށްފައިވާ ކަމެއް: ނަޝީދު

އިބްރާހިމް ޒަކީ

1

ދިވެހި ޒުވާނުންނަށް ބާރުގަދަ ޑްރަގް ދިނުމަކީ ރާވައި ހިންގައިގެން ކޮށްފައިވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް 2019" ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް ވިދާޅުވީ ބާރުގަދަ ޑްރަގްގެ ވަބާގައިޖެހި، ޝިކާރައަކަށްވެ، މަގުން ކައްސާލާފައިވާ ޒުވާނުން ކިތަންމެހާވެސް ގިނަ ކަމަށެވެ.

އަދި އެކަމަށް ކުރަން އޮތް މަަސައްކަތް ކުޑަނޫން ކަމަށާއި އެމައްސަލަަތައް ވެސް ކުޑަނޫން ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ، ޒުވާނުން އެކަމުން އަރައިގަތުމަށް އެހީތެރިވެދިނުމަށް ގެންގުޅެނެޖްހޭ އެހީތެރިަކަން ސަރުކާރަށް އެނގޭ ކަމަށެވެ.

" ރާއްޖޭގައި ހަކުރު ބޯންފެށީ 94 ވަނަ އަހަރު، އަޅުގަނޑު ހަދާން އެބަހުރި އަޅުގަނޑު އެއަހަރު އޮތީ ޖަލުގަ، ހަކުރު ބޯން ފެށުމުގެ ކުރީގައި ހިގާދިޔަ ކަމެއްވެސް އަޅުގަނޑު ހަނދާން އެބަހުރި، އެއީ ފަތްބޯ އެންމެން ގެންގޮސް ހިފާ ހައްޔަރު ކުރުން، އެއިރުގައި މާލެ ތެރޭގައި ތިބި ފަތްބޯ ހުރިހާ އެންމެން ގެންގޮސް ހިފާ ހައްޔަރުކުރި، އަދި ފަތް ވިއްކާ އެންމެންވެސް ގެންގޮސް ހިފާ ހައްޔަރުކުރި، ދެން ކުއްލިއަކަށް އަޅުގަނޑުމެންނަށް ފެނުނީ މާވަރުގަދަ އެއްޗެއް މާލެތެރޭގައި އުޅެން ފެށިތަން، ހަކުރު އަޅުގަނޑު އެއިރުވެސް ދެންނެވިން، އަދި މިހާރުވެސް މި ދަންނަވަނީ، އެއީ ރާވައިގެން ހިންގާ ކަމެކޭ، ދިވެހި ރާއްޖޭގެ ޒުވާނުންނަށް ބާރުގަދަ ޑްރަގް ދޫކުރުން، ބެހުން، އެއީ އެއިރުގައި ރާވައިގެން ހިންގިކަމެއް، އަޅުގަނޑު އެނޫން ގޮތަކަށެއް ނުދެކޭނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟