ގެއެއްގެ އަށްވަނަ ބުރިން ފިލާގަނޑެއް ވެއްޓި މީހަކަށް އަނިޔާ ވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ، މިއަދު ހެނދުނު 10:03 އެހާކަންހާއިރު ރިޕޯޓްކުރި އެ ހާދިސާގައި ވެއްޓިފައިވަނީ މާފަންނު ގެއެއްގެ އަށްވަނަ ފަންގިފިލާގެ ބެލްކަނީގައި ހަރުކޮށްފައިހުރި ފިލާގަނޑެއް ކަމަށާއި ހާދިސާގައި އެ ސަރަހައްދުން ހިނގާފައިދިޔަ ފިރިހެނެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާ ކަމަށެވެ.
އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ މައްސަލަ ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.